މި ޞަފްޙާގައި މިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2014) ގެ ދަށުން، މި ކުންފުނިން އަމިއްލަ އިސްނެގުމެއްގެ މަތިން ހާމަކުރާ މަޢުލޫމާތުތަކެވެ. މިގޮތުން ކުންފުނީގެ ދައުރާއި މަސްއޫލިއްޔަތު، ދޭ ޚިދުމަތްތައް، ޝަކުވާ ހުށަހެޅޭ ގޮތް، ބަޖެޓު، މުވައްޒަފުންގެ މުސާރައިގެ ދާއިރާ، ކުންފުނި ހިންގުމުގެ އޮނިގަނޑު، ރައްޔިތުންނަށް އަސަރު ފޯރާ ނިންމުންތައް އަދި އެ ނިންމުންތައް ނިންމި ސަބަބުތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. މި ކުންފުނީގެ ވަކި މަޢުލޫމާތެއް ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަހޯލި ޕޯޓަލް މެދުވެރިކޮށް ނުވަތަ ސިޓީ، އީމެއިލް ނުވަތަ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތަށް އެދި ހުށަހެޅޭނެއެވެ.
ޝަކުވާ އުފުލޭނެ އުޞޫލު
- މިކުންފުނިން ދޭ ޚިދުމަތްތަކާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީން ނުވަތަ އީމެއިލް ނުވަތަ މި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅެޅިދާނެއެވެ.
ލިބިފައިވާ ޝަކުވާތަކުގެ ތަފްޞީލް
- ލިބިފައިވާ ޝަކުވާތަކުގެ ތަފްޞީލް (ސަފްޙާ 65، 66 އަދި 67)
މަޢުލޫމާތުތައް އެދުމުގައި ޢަމަލުކުރަންވީ އުޞޫލު
- އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަހޯލި ޕޯޓަށް މެދުވެރިކޮށް މި ކުންފުނީގެ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅިދާނެއެވެ. މީގެ އިތުރުން މި ކުންފުންޏަށް ފޯނުން ގުޅައިގެންނާއި، ސިޓީން، އީމެއިލް އަދި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށްވެސް މައުލޫމާތަށް އެދި ހުށަހެޅިދާނެއެވެ.
- މަހޯލި ޕޯޓަލް ލިންކް: https://icom.mv/portal
ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުމަށް: ގުޅުއްވާ
އިދާރާއިން ޢަމަލުކުރާ ޤާނޫނުތައް/ޤަވާއިދުތައް
- ކުންފުނީގެ ޤާނޫނު
- ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު
- ފެނާއި ނަރުދަމާގެ ޤާނޫނު
- އާންމު ބޭނުންތަކުގެ ހިދުމަތްތަކަށް ރަޖިސްޓަރީވުމާއި، އެ ޚިދުމަތްތަކަށް ބިލުކުރުމުގެ ޤަވާއިދު
- ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާބެހޭ ޢާންމު ޤަވާއިދު
- ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ ނިޒާމްތައް ރަޖިސްޓްރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ނިންމާފައިވާ ނިންމުންތައް އަދި އެ ނިންމުންތައް ނިންމާފައިވާ ސަބަބު
- 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކުންފުންޏަށް ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުން. މިގޮތުން:
- ޑޮމެސްޓިކް މީޓަރުތަކަށް މާރިޗު މަހުގެ ބިލު ކުރެއްވުމުގައި، މާރިޗު މަހާއި އާންމު މަސް ކަމަށް ކަނޑައަޅުއްވާފައިވާ އަދަދުގެ ފަރަޤު ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ބިލްކުރެއްވުން. އަދި މި ދެންނެވުނު ފަރަގަކީ %10 އަށްވުރެ ދަށް އަދަދެއް ކަމުގައި ވާނަމަ މާރިޗު މަހުގެ ބިލަށް %10 ގެ ޑިސްކައުންޓެއް ދެއްވުން.
- މާރިޗު މަހާއި އާންމު މަސް ކަމަށް ކަނޑައަޅުއްވާފައިވާ ޢަދަދުގެ ފަރަދު އަޅާކިޔާ އިރު، މާރިޗު 2025 ގެ ބިލު ޢާންމު މަހަކަށް ވުރެ ދަށްވެފައިވާ ކަސްޓަމަރުންނަށް ވެސް %10 ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
- މާރިޗު މަހުގައި އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓްރީ ކުރެވިފައި ވީނަމަވެސް، މިހާތަނަށް ދަށް ޔޫސޭޖެއް ހުރުމުން ނުވަތަ އެވަރެޖެއް ހިސާބުކުރެވޭ މިންވަރަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް (އެއީ 2024 ގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅުގައި އަލަށް ރެޖސްޓަރ ކޮށްފައިވާ މީޓަރުތަކަށް) %10 ގެ ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން.
- 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކުންފުންޏަށް ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުން. މިގޮތުން:
- މި ނިންމުން ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކުންފުންޏަށް އަންގާފައިވުމާ ގުޅިގެންނެވެ
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނިންމެވުމާއި އެއްގޮތަށް ޑޮމެސްޓިކް ޓެރިފް ރޭޓަށް ބަދަލު ގެނައުން. މިގޮތުން ގެނެވިފައިވާ ބަދަލުތައް ތިރީގައި މިވަނީއެވެ.
| ޓެރިފް ރޭޓްތައް | ތަފާތު | |||
|---|---|---|---|---|
| ކުރީގެ | އައު | |||
| 30 ދުވަހަށް 0-100 ޔުނިޓްގެ ބޭނުންކުރުން | 1.50 | 30 ދުވަހަށް 0-100 ޔުނިޓްގެ ބޭނުންކުރުން | 1.25 | 0.25 |
| 30 ދުވަހަށް 101-200 ޔުނިޓްގެ ބޭނުންކުރުން | 1.70 | 30 ދުވަހަށް 101-200 ޔުނިޓްގެ ބޭނުންކުރުން | 1.50 | 0.20 |
| 30 ދުވަހަށް 201-300 ޔުނިޓްގެ ބޭނުންކުރުން | 2.15 | 30 ދުވަހަށް 201-300 ޔުނިޓްގެ ބޭނުންކުރުން | 1.50 | 0.65 |
| 30 ދުވަހަށް 301-400 ޔުނިޓްގެ ބޭނުންކުރުން | 2.50 | 30 ދުވަހަށް 301-400 ޔުނިޓްގެ ބޭނުންކުރުން | 1.50 | 1.00 |
| 30 ދުވަހަށް 401-500 ޔުނިޓްގެ ބޭނުންކުރުން | 2.95 | 30 ދުވަހަށް 401-500 ޔުނިޓްގެ ބޭނުންކުރުން | 2.66 | 0.29 |
| 30 ދުވަހަށް 501-600 ޔުނިޓްގެ ބޭނުންކުރުން | 3.55 | 30 ދުވަހަށް 501-600 ޔުނިޓްގެ ބޭނުންކުރުން | 3.20 | 0.35 |
| 600 ޔުނިޓަށްވުރެ މަތިން ބޭނުންކުރުން | 4.25 | 600 ޔުނިޓަށްވުރެ މަތިން ބޭނުންކުރުން | 3.83 | 0.42 |
- މި ނިންމުން ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކުންފުންޏަށް އަންގާފައިވުމާ ގުޅިގެންނެވެ
ރައްޔިތުންގެ ޚިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރުފޯރުވޭނެ ގޮތްތައް
- މިކުންފުނީގެ ސިޔާސަތުތަކާއި ކުރާ މަސައްކަތްތަކާ ގުޅިގެން ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީން ނުވަތަ އީމެއިލް ނުވަތަ މި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މިގޮތުން ވެބްސައިޓް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވޭނެއެވެ.
- ގުޅުއްވާ
އިދާރާއިން ކުރަން ރާވާފައިވާ މަސައްކަތްތައް
- ސްޓްރެޓެޖިކް އެކްޝަން ޕްލޭން
- ކުންފުނީގެ އަހަރީ ރިޕޯޓް (ސަފްޙާ 53، 55، 57، 62، 68، 73، 78، 82، 84، 87، 89 އަދި 94)







