Skip to content

މި ޞަފްޙާގައި މިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2014) ގެ ދަށުން، މި ކުންފުނިން އަމިއްލަ އިސްނެގުމެއްގެ މަތިން ހާމަކުރާ މަޢުލޫމާތުތަކެވެ. މިގޮތުން ކުންފުނީގެ ދައުރާއި މަސްއޫލިއްޔަތު، ދޭ ޚިދުމަތްތައް، ޝަކުވާ ހުށަހެޅޭ ގޮތް، ބަޖެޓު، މުވައްޒަފުންގެ މުސާރައިގެ ދާއިރާ، ކުންފުނި ހިންގުމުގެ އޮނިގަނޑު، ރައްޔިތުންނަށް އަސަރު ފޯރާ ނިންމުންތައް އަދި އެ ނިންމުންތައް ނިންމި ސަބަބުތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. މި ކުންފުނީގެ ވަކި މަޢުލޫމާތެއް ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަހޯލި ޕޯޓަލް މެދުވެރިކޮށް ނުވަތަ ސިޓީ، އީމެއިލް ނުވަތަ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތަށް އެދި ހުށަހެޅޭނެއެވެ.

ޝަކުވާ އުފުލޭނެ އުޞޫލު

  • މިކުންފުނިން ދޭ ޚިދުމަތްތަކާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީން ނުވަތަ އީމެއިލް ނުވަތަ މި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅެޅިދާނެއެވެ.

 

  • އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަހޯލި ޕޯޓަށް މެދުވެރިކޮށް މި ކުންފުނީގެ މައުލޫމާތު ހޯދުމަށް އެދި ހުށަހެޅިދާނެއެވެ. މީގެ އިތުރުން މި ކުންފުންޏަށް ފޯނުން ގުޅައިގެންނާއި، ސިޓީން، އީމެއިލް އަދި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށްވެސް މައުލޫމާތަށް އެދި ހުށަހެޅިދާނެއެވެ.
  • މަހޯލި ޕޯޓަލް ލިންކް: https://icom.mv/portal

ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުމަށް: ގުޅުއްވާ

    • 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކުންފުންޏަށް ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުން. މިގޮތުން:
      • ޑޮމެސްޓިކް މީޓަރުތަކަށް މާރިޗު މަހުގެ ބިލު ކުރެއްވުމުގައި، މާރިޗު މަހާއި އާންމު މަސް ކަމަށް ކަނޑައަޅުއްވާފައިވާ އަދަދުގެ ފަރަޤު ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ބިލްކުރެއްވުން. އަދި މި ދެންނެވުނު ފަރަގަކީ %10 އަށްވުރެ ދަށް އަދަދެއް ކަމުގައި ވާނަމަ މާރިޗު މަހުގެ ބިލަށް %10 ގެ ޑިސްކައުންޓެއް ދެއްވުން.
      • މާރިޗު މަހާއި އާންމު މަސް ކަމަށް ކަނޑައަޅުއްވާފައިވާ ޢަދަދުގެ ފަރަދު އަޅާކިޔާ އިރު، މާރިޗު 2025 ގެ ބިލު ޢާންމު މަހަކަށް ވުރެ ދަށްވެފައިވާ ކަސްޓަމަރުންނަށް ވެސް %10 ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
      • މާރިޗު މަހުގައި އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓްރީ ކުރެވިފައި ވީނަމަވެސް، މިހާތަނަށް ދަށް ޔޫސޭޖެއް ހުރުމުން ނުވަތަ އެވަރެޖެއް ހިސާބުކުރެވޭ މިންވަރަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް (އެއީ 2024 ގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅުގައި އަލަށް ރެޖސްޓަރ ކޮށްފައިވާ މީޓަރުތަކަށް) %10 ގެ ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން.
  • މި ނިންމުން ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކުންފުންޏަށް އަންގާފައިވުމާ ގުޅިގެންނެވެ
    • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނިންމެވުމާއި އެއްގޮތަށް ޑޮމެސްޓިކް ޓެރިފް ރޭޓަށް ބަދަލު ގެނައުން. މިގޮތުން ގެނެވިފައިވާ ބަދަލުތައް ތިރީގައި މިވަނީއެވެ.
ޓެރިފް ރޭޓްތައްތަފާތު
ކުރީގެއައު
30 ދުވަހަށް 0-100 ޔުނިޓްގެ ބޭނުންކުރުން1.5030 ދުވަހަށް 0-100 ޔުނިޓްގެ ބޭނުންކުރުން1.250.25
30 ދުވަހަށް 101-200 ޔުނިޓްގެ ބޭނުންކުރުން1.7030 ދުވަހަށް 101-200 ޔުނިޓްގެ ބޭނުންކުރުން1.500.20
30 ދުވަހަށް 201-300 ޔުނިޓްގެ ބޭނުންކުރުން2.1530 ދުވަހަށް 201-300 ޔުނިޓްގެ ބޭނުންކުރުން1.500.65
30 ދުވަހަށް 301-400 ޔުނިޓްގެ ބޭނުންކުރުން2.5030 ދުވަހަށް 301-400 ޔުނިޓްގެ ބޭނުންކުރުން1.501.00
30 ދުވަހަށް 401-500 ޔުނިޓްގެ ބޭނުންކުރުން2.9530 ދުވަހަށް 401-500 ޔުނިޓްގެ ބޭނުންކުރުން2.660.29
30 ދުވަހަށް 501-600 ޔުނިޓްގެ ބޭނުންކުރުން3.5530 ދުވަހަށް 501-600 ޔުނިޓްގެ ބޭނުންކުރުން3.200.35
600 ޔުނިޓަށްވުރެ މަތިން ބޭނުންކުރުން4.25600 ޔުނިޓަށްވުރެ މަތިން ބޭނުންކުރުން3.830.42
  • މި ނިންމުން ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކުންފުންޏަށް އަންގާފައިވުމާ ގުޅިގެންނެވެ

  • މިކުންފުނީގެ ސިޔާސަތުތަކާއި ކުރާ މަސައްކަތްތަކާ ގުޅިގެން ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީން ނުވަތަ އީމެއިލް ނުވަތަ މި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މިގޮތުން ވެބްސައިޓް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވޭނެއެވެ.
  • ގުޅުއްވާ